ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޭ ޕާކް ރެސިޑެންސް

ކޭ ޕާކްގެ ވެރިޔާ، މާސްކާއި ސެނެޓައިޒާ ހަދިޔާކޮށްފި

May 11, 2020
1

ކޭޕާކްގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ ފަރާތްޕުޅުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި ދެ އަތޮޅަކަށް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ ހަދިޔާ ކުރައްވައިފި އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރި، ސިއްހީ އެހީތެރިންނަށް ބޭނުންވާ މާސްކާއި ސެނެޓައިޒާ ފަދަ ތަކެތީގެ ބޭނުން ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެކަމަށް އެހީތެރިކަން ފޯރުކޮށް ދިނުުމުގެ ގޮތުން ޒުވާން ވިޔަފާރިވެރިޔާ މަންޑޭ ވަނީ އެންއީއޯސީއާއި ގއ. އަތޮޅަށް އަދި އައްޑޫ ސިޓީއަށް މާސްކާއި ސެނެޓައިޒާ ހަދިޔާ ކުރައްވާފަ އެވެ.

އެނގިފައިވާ ގޮތުގައި އެންއީއޯސީން 2000 މާސްކާއި 100 ފުޅި ސެނެޓައިޒާ މަންޑޭ ހަދިޔާ ކުރެއްވި އެވެ. އަދި އައްޑޫ ސިޓީއަށް 1500 މާސްކާއި 96 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކުރެއްވި އިރު ގއ. އަތޮޅަށް 500 މާސްކާއި 96 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކުރެއްވި އެވެ.

މަންޑޭ އައްޑޫ ސިޓީއާއި ގއ. އަތޮޅަށް ހަދިޔާކުރެއްވި ތަކެތި މާދަމާ އެ ދެ އަތޮޅުގެ ރަށްތަކަށް ގެންދާނެ އެވެ.

އައްޑޫއިން އިއްޔެ ކޮވިޑަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް މިފަދަ ސާމާނުތައް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ސިޓީ ކައުންސިލުން އިއްޔެ ވަނީ ބުނެފަ އެވެ. -- އައްޑޫން ޕޮޒިޓިވްވި މީހާގެ ފަހުން ހެދި ދެ ޓެސްޓް ނެގެޓިވްވުމުން މިހާރު އެ ކޭސް ޕޮޒިޓިވްކޭސްގެ ގޮތުގައި ނުގުނަން ނިންމާފައެވެ.

މަންޑޭ ހަދިޔާ ކުރައްވާ ތަކެއްޗަކީ މި ވަގުތު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ސްޓޮކްގައި ހުރި ތަކެއްޗަށްވުރެ ވެސް ގިނަ އަދަދެއްގެ ތަކެއްޗެވެ. އައްޑޫ ހޮސްޕިޓަލްގައި މިވަގުތު 280 ގައުންއާއި 15 ބޮކްސް މާސްކާއި ސެނެޓައިޒާގެ 88 ފުޅި އެވެ.

މަންޑޭ ވަނީ މީގެ ކުރިން ވެސް މިފަދަ އެހީތެރިކަން އެކި ފަރާތްތަކަށް ފޯރުކޮށް ދެއްވާފަ އެވެ. އަދި ރާއްޖެއަށް އިންވެސްޓަރުން ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް އޭނާ ދަނީ ކުރައްވަމުންނެވެ.