ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށީ ޖަލު

މާފުށީ ޖަލުގައި ބަލީގެ ނުރައްކަލެއް ނެތް

May 11, 2020
3
މިނިސްޓަރު އިމްރާން އަބްދުﷲ މާފުށި ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: އިމްރާން ޓްވީޓާ
50%
50%
0%

މާފުށީ ޖަލުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކަލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ރެންޑަމް ސާމްޕަލްތަކެއް ވަނީ ނަގާފަ އެވެ. ސާމްޕަލް ނަގާފައި ވަނީ 15 ގައިދީއަކާއި 23 އޮފިސަރެއްގެ އެވެ.

އެ ސާމްޕަލްތަކުގެ ނަތީޖާއާ ގުޅޭ ގޮތުން އިމްރާން މިއަދު ވިދާޅުވީ މިހާތަނަށް 22 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށާއި އެ ހުރިހާ ނަތީޖާ ވެސް ނެގެޓިވް ކަމަށެވެ. ނަތީޖާ ލިބުނު ގޮތުން ޖަލުގައި ބަލީގެ ނުރައްކަލެއް ނެތްކަން އެނގިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. އާއިލީ ބައްދަލުވުންތައް ވެސް ހުއްޓާލައި ޖަލަށް މީހުން ވަދެ ނުކުތުން ވަނީ މަދު ކޮށްފަ އެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ގިނަ އަދަދެއްގެ ބަޔަކު ބައިތިއްބަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަަށާއި މި ވަގުތު ވެސް ޖާގަ އޮތް މިންވަރަށްވުރެ އިތުރަށް މީހުން ތިބި ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިމޭ

މިބަލީގެ ނުރައްކާ ނެތް އެއްވެސް ތަނެއް ދުނިޔޭގައި ނެތެވެ. ވީމާ ތިހެން ވިދާޅުވެ ފަރުވާކުޑަކޮށްނުލައްވަޗެވެ.

ދެނޯ

ދެއަނގަ އިމްރާނު ކެނެރީގޭ ނަސީދާ ޖެހިއްޖެ މީހަކު ސަލާމަތެއް ނުވާނެ

ޔަޤީންތަ

ހުރިހާ މީހުން ޓެސްޓު ކޮށްފާތަ ތިޔަހެން ތިޔަބުނަނީ ؟ އެހެންނޫނީ ތިޔަވާނީ ދޮގަކަށް ! ދޮގެއްވެސް އިތުރުފުޅެއްވެސް ހައްދަވައިގެންނުވާނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345