ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު މީހަކު ރަނގަޅުވެ އަދަދު 31 އަށް

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅުވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިއަދުވެސް އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނުވަ މީހަކު ރަނގަޅުވެފައިވާ ކަމަށް މަބުރޫކް ވަނީ ވިދާޅުވެފައެވެ. އޭގެ ކުރިން 20 މީހަކު ވަނީ ރަނގަޅުވެފައެވެ.

އެހެން ކަމުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ރަނގަޅުވީ މީހުންގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހުނު އަންހެން މީހާއާއި އޭނާގެ ދަރިފުޅުވެސް ހިމެނެއެވެ.

މިއަދުވެސް 27 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ މީހުންނާއެކު ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 862 އަށް އަރާފަ އެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ.