އައްސޭރި ޖަލަށް ދިޔަ އަންހެނަކު މަސްތުވާތަކެތި ބޭނުންކޮށްގެން ހުއްޓައި އަތުލައިގަނެ ފުލުހުންނާ ޙަވާލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކ. ހިންމަފުށީ، އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހަކާ އެކަހެރި ބައްދަލުވުމަށް މިއަދު ހަވީރު ދިޔަ އޭނާގެ އަނބިމީހާ މަސްތުވާ ތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޝައްކު ކުރެވޭތީ އެ އަންހެންމީހާ މިއަދު ފުލުހުންނާއި ޙަވާލުކޮށްފައިވާ ކަމަށެވެ.
އޭނާގެ ޢަމަލުތައް ހުރިގޮތުން އެވަގުތު ޑިއުޓީގައި ތިބި އަންހެން ޖަލު އޮފިސަރުން އޭނާއާ ސުވާލުކޮށް، ފުލުހުންގެ ހާޒިރުގައި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.