ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވޫހާން ސިޓީން ކޮވިޑްގެ ކްލަސްޓާއެއް ފެނިއްޖެ

May 12, 2020
މިދިއަ ހޯމަ ދުވަހު ވޫހާން ސިޓީން ފަސް މީހަކަށް ބަލި ޖެހިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައި. -- ފޮޓޯ: ރޮއިޓާސް
0%
0%
0%

ބެއިޖިންގް (މެއި 12) - ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި އެޅި ލޮކްޑައުން އުވާލިތާ މަސް ދުވަސް ފަހުން، އެ ސިޓީން އެ ބަލީގެ ކްލަސްޓާއެއް ފެނިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ވޫހާންގެ އިތުރުން ޗައިނާގެ ގިނަ ސިޓީތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއެކު އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއި ކުރަމުން އަންނަ ދަނޑިވަޅެއްގައި، ވޫހާނުން އިން އަނެއްކާވެސް ބަލި ޖެހިފައިވާ މީހުންގެ ކްލަސްޓާއެއް ފެނުމާއެކު، މުޅި ގައުމުގައި އަނެއްކާވެސް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މިދިއަ ހޯމަ ދުވަހު ވޫހާން ސިޓީން ފަސް މީހަކަށް ބަލި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެ ފަސް މީހުނަކީ ވެސް އެއް އިމާރާތެއްގައި ދިރިއުޅޭ މީހުންކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި އެ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށްވެސް ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ ބުންޏެވެ.

ބަލި ޖެހިފައިވާ މީހުންގެ ރަސްމީ އަދަދުގައި އަލާމާތްތައް ނުފެންނަ މީހުން އަދިވެސް ހިމަނަމުންނުދާކަމުގެ ތުހުމަތު ޗައިނާގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޗައިނާގައި މިހާތަނަށް ކޮވިޑް-19 ޖެހުނުކަމަށް ރަސްމީކޮށް ރިޕޯޓުކޮށްފައިވާ އަދަދަކީ 82.918 މީހުނެވެ. އަދި އޭގެ ތެރެއިން، މިހާތަނަށް 4،633 މީހުން ވަނީ މަރުވެފަ އެވެ.

ވޫހާން ސިޓީން އާ ކޭސްތަކެއް ފެނިފައިމިވަނީ، ޗައިނާގެ އެކި ހިސާބުތަކުގައި އެތަކެއް މަސްތަކެއް ވަންދެން ބަންދުކޮށްފައިވާ ސިނަމާތަކާއި، މިޔުޒިއަމް ފަދަ ތަންތަން މަޑުމަޑުން ހުޅާލުމަށް ސަރުކާރުން ނިންމައި، އެކަން އިއުލާނުކޮށްފައިވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345