ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބެއިޖިންގައި އާ ކޭހެއް ނުފެންނަތާ އަށް ދުވަސް

Jul 14, 2020
ޗައިނާގައި ފަހުން ފެނުނު ކޭސްތައް ގުޅިފައިވަނީ ބެއިޖިންގައި ހުންނަ އެންމެ ބޮޑު ހޯލް ސޭލް މާކެޓާ -- ފޮޓޯ: ގެޓީ އިމެޖަސް
0%
0%
0%

ބެއިޖިންގް (ޖުލައި 14) - ފާއިތުވި ދެ ތިން ހަފްތާގެ ތެރޭގައި ޗައިނާގައި ވެރިރަށް ބެއިޖިންގައި ކޮވިޑް-19 އިގެ ފެތުރެމުންދިއަ ނަމަވެސް، އެ ބަލި ޖެހުނު މީހެއް ފެނިގެން ރިޕޯޓުނުކުރާތާ އަށް ދުވަސް ވަނީ ވެފަ އެވެ.

ފަހުން ފެނުނު ކޭސްތައް ގުޅިފައި ވަނީ އެ ސިޓީގައި ހުންނަ އެންމެ ބޮޑު ހޯލް ސޭލް މާކެޓާ އެވެ.

ބެއިޖިންގްގައި އަނެއްކާވެސް ބަލި ފެތުރިގެން ގޮސްފައިވަނީ، ކޮވިޑް-19 އިގެ ކޭހެއް ނުފެންނަތާ 57 ދުވަސް ފަހުންނެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ސަރުކާރުން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

މުޅި ޗައިނާ އަށް ބަލާއިރު ވެސް، އެ ބަލި ޖެހޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. އެގޮތުން، އިއްޔެ އަށް އާ ކޭހެއް ފެނިފައިވާއިރު، މިއަދު ރިޕޯޓުކޮށްފައިވަނީ އެންމެ ފަސް ކޭހެވެ.

އަދި މި ހުރިހާ ކޭސްތަކަކީ ބޭރުން އައި މީހުންކަމަށް ކަމާގުޅޭ ސިއްހީ އިދާރާ އިން ވަނީ ބުނެފަ އެވެ.

އެ ބަލީގައި ޗައިނާގައި މިހާތަނަށް 4،634 މީހުން މަރުވެފައި ވާއިރު، 83،605 މީހުނަށް ބަލި ޖެހިފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345