ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޯގަސްޓުގައި ބަލި ފެތުރުނު ކަމަށް ބުނާ ދިރާސާ ޗައިނާ ދޮގުކޮށްފި

Jun 10, 2020
1
ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ގިނަ ސިޓީތަކުގައި އެޅި ހަރުކަށި ލޮކްޑައުން ވަނީ އުވާލާފައި. -- ފޮޓޯ: އީޕީއޭ
0%
0%
0%

ބެއިޖިންގް (ޖޫން 10) - މިދިއަ ޑިސެމްބަރު މަހުގެ މާ ކުރިން ޗައިނާގައި ކޮވިޑް-19 ފެތުރެން ފަށާފައިވާ ކަމަށް ބުނެ ހާވަޑް މެޑިކަލް ސްކޫލުން ހެދި ދިރާސާ، ޗައިނާގެ ސިއްހީ މާހިރުން ދޮގު ކޮށްފި އެވެ.

ސެޓެލައިޓު ފޮޓޯތަކުގެ އަލީގައި ހެދި ދިރާސާގައި ބުނެފައި ވަނީ، މިދިއަ އޯގަސްޓު މަހުން ފެށިގެން، އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ހޮސްޕިޓަލުތަކުގެ ދޮށުގައި އާދަޔާ ހިލާފަށް ޓްރެފިކު އިތުރުވެފައިވާ ކަމަށެވެ. އަދި އެ ދުވަސް ކޮޅާ ދިމާކޮށް، ކޮވިޑް-19 އިން އާއްމުކޮށް ފެންނަ އަލާމާތްތަކުގެ މައުލޫމާތު ހޯދާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

ނަމަވެސް، އެފަދަ ހެއްކެއްގެ މައްޗަށް ބިނާކޮށް ބައްޔާ ގުޅޭ އަންދާޒާއެއް ކުރުމަކީ ބަލައި ނުގަނެވޭނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ދިރާސާ އާ ގުޅިގެން ބައެއް ސިއްހީ މާހިރުން ވިދާޅުވެފައިވާ ގޮތުގައި، އާއްމުކޮށް ބަލިމަޑު ކަމެއް ރަސްމީކޮށް ރިޕޯޓު ކުރެވި، ސަރުކާރުގެ ސަމާލުކަމަށް އައުމުގެ ދުވަސްތަކެއް ކުރިން މުޖުތަމައުގެ ތެރޭގައި ބަލި އޮތުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް، ޓްރެފިކަށް ބަލައިގެން ޔަގީންކަމާއެކު އެފަދަ ނިންމުމެއް ނިންމަން އުނދަގޫވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ގިނަ ސިޓީތަކުގައި އެޅި ހަރުކަށި ލޮކްޑައުން ވަނީ އުވާލައިފަ އެވެ. އެގޮތުން، މިހާރު ކޮވިޑް-19 އަށް ފަރުވާ ދެމުންދަނީ އެންމެ 50 އަށް މީހުނަށް ކަމަށާއި، މިއަދުވެސް ފެނިފައި ވަނީ އިތުރު ތިން ކޭސްކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ބަލީގައި ޗައިނާގައި މިހާތަނަށް 4،634 މީހުން މަރުވެފައި ވާއިރު، 83،046 މީހުނަށް ބަލި ޖެހިފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަންނާނު

އެމެރިކާ، ޗައިނާ، ޑަބުލިޔޫއެޗްއޯ، މީގެތެރޭން އެއްބަޔަކުވެސް، މިކަމާގުޅޭ ސާފުސީދާ މަޢުލޫމާތެއް ނުދޭނެއެވެ. ސަބަބަކަށްވަނީ މިކޯވިޑެއް އުފެއްދުމާއި ފެތުރުމުގައި އެފަރާތްތަކުގެއިހުމާލު ބޮޑުކަމުންނެވެ. އުފެއްދިކަމުގައިބުނަނީ އެމެރިކާއެވެ. އިތުރަށް ތަރައްޤީކޮށް ނުރައްކާވާހިސާބަށް ގެންދިއުމުގައި އިހުމާލުވާކަމުގައިބުނެވެނީ ޗައިނާއެވެ. މިހުރިހާކަމެއްގެ މަޢުލޫމާތު ސިއްރުކޮށް ބަޔަކުޖެހިހައިބެރަކަށް ނެށިކަމުގައިވަނީ ޑަބްލިޔޫއެޗްއޯކަމުގައި ބުނެއުޅެއެވެ! ވާގޮތެއް، ވާންއުޅޭގޮތެއް ބުނެދޭކަށްނޭނގޭނެއެވެ. އެކަމަކު .......

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345