ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަނެއްކާވެސް ކޭސްތަކެއް ފެނި، ބެއިޖިންގައި ދެވަނަ ރާޅެއްގެ ބިރު

Jun 14, 2020
ޗައިނާގައި ފަހުން ފެނުނު ކޭސްތައް ގުޅިފައިވަނީ ބެއިޖިންގައި ހުންނަ އެންމެ ބޮޑު ހޯލް ސޭލް މާކެޓާ -- ފޮޓޯ: ގެޓީ އިމެޖަސް
0%
0%
0%

ބެއިޖިންގް (ޖޫން 14) - ކޮވިޑް-19 އިގެ ކޭހެއް ނުފެންނަތާ 50 ދުވަސް ފަހުން، އަނެއްކާ ވެސް އެ ބަލި ޖެހިފައިވާ ބައަކު ފެނުމާ ގުޅިގެން، ޗައިނާގެ ވެރިރަށް ބެއިޖިންގެ ސަރަހައްދެއް އަލުން ލޮކްޑައުން ކޮށްފި އެވެ.

އެގޮތުން، ފަހުން ފެނުނު ކޭސްތައް ގުޅިފައި ވަނީ އެ ސިޓީގައި ހުންނަ އެންމެ ބޮޑު ހޯލް ސޭލް މާކެޓާ އެވެ. އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުން 500 އަށް ވުރެ ގިނަ މީހުން ޓެސްޓު ކޮށްފައި ވާއިރު، އޭގެ ތެރެއިން 45 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެ އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވެފައިވެ އެވެ.

އެއާއެކު، އެ މާކެޓު ހުންނަ ސަރަހައްދުގެ 11 އަވަށެއް ލޮކްޑައުން ކޮށްފައިވާއިރު، އެ މާކެޓުގައި މަސައްކަތްކުރާ 10،000 އެއްހާ މީހުން ޓެސްޓު ކުރަން ވަނީ ނިންމައިފަ އެވެ.

އަދި މި ފަހުން އެ މާކެޓަށް ގޮސްފައިވާ ހުރިހާ އެންމެން ޓެސްޓު ކުރަން ބޭނުންވާ ކަމަށް ވެސް ޗައިނާގެ ކަމާބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

އެހެން ސިޓީތަކަށް ބަލި ފެތުރުން ހުއްޓުވަމަށްޓަކައި، ދަތުރުފަތުރު ވެސް ހުއްޓާލާފައި ވާއިރު، އެ ސަރަހައްދުގެ ސްކޫލުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ.

ބެއިޖިންގް އިން އާ ކޭސްތަކެއް ފެނިފައި މިވަނީ، ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ގިނަ ސިޓީތަކުގައި އެޅި ހަރުކަށި ލޮކްޑައުންތައް އުވާލާފައި ވަނިކޮށެވެ.

އެ ބަލީގައި ޗައިނާގައި މިހާތަނަށް 4،600 އެއްހާ މީހުން މަރުވެފައި ވާއިރު، 83،000 އަށް ވުރެ ގިނަ މީހުނަށް ބަލި ޖެހިފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345