ރާއްޖެއިން ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު 300 އިން މައްޗަށް އަރައިފި އެވެ.
މިރޭ ކޮވިޑް-19 އަށް އިތުރު 37 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 14 ދިވެހިން ހިމެނެއެވެ. މި މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު ދިވެހިންގެ އަަދަދު ވަނީ 302 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 897 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 595 ބިދޭސީން ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތަފާސް ހިސާބް
- ބަލި ޖެހުނު ދިވެހިންގެ އަދަދު 302
- ބަލި ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 492
- ބަލި ޖެހުނު އިންޑިއާ މީހުންގެ އަދަދު 70
- ބަލި ޖެހުނު އިޓަލީ މީހުންގެ އަދަދު 11
- ބަލި ޖެހުނު ނޭޕާލް މީހުންގެ އަދަދު 10
- ބަލި ޖެހުނު ސްރީލަންކާ މީހުންގެ އަދަދު 05
- ބަލި ޖެހުނު ޕާކިސްތާނު މީހުންގެ އަދަދު 03
- އެހެނިހެން 04
- ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ބަލި މީހުންގެ އަދަދު 13
މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.
ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.