ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަޕާނުގެ ގިނަ ސަރަހައްދުތަކުން ކުއްލި ހާލަތު ނަގައިފި

May 15, 2020

ޓޯކިޔޯ (މެއި 15) - ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުމާއެކު، ޖަޕާނުގެ ގިނަ ސަރަހައްދުތަކުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އަލަށް ބަލިޖެހޭ މީހުންގެ ވަރަށް ބޮޑުތަނުން ދަށަށް ދިއުމާ ގުޅިގެން، ޖަޕާނުގެ 47 ސަރަހައްދުގެ ތެރެއިން 39 ސަރަހައްދުތަކުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލު ހާލަތު އުވާލާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަދިވެސް ބަލި ޖެހިފައިވާ މީހުން ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ވެރިރަށް ޓޯކިޔޯގެ އިތުރުން އޮސާކާގައި ވެސް ކުއްލި ހާލަތު ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުއްލި ހާލަތު އުވާލި ނަމަވެސް، ރައްޔިތުން ސަމާލުވެ، މާސްކު އެޅުމާއި ގައިދުރު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ބަލި އަނެއްކާ ވެސް ފެތުރިގެން ނުގޮސްފިނަމަ، ބާކީ ސަރަހައްދުތަކުން ވެސް ކުއްލި ހާލަތު މި މަހުގެ ނިޔަލަށް އުވާލަން ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ޖަޕާނުގައި އެ ބަލި ޖެހުނު މީހުންގެ އަދަދު 16،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 670 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.