ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަޕާނުން ކުއްލި ހާލަތު އުވާލައިފި

May 26, 2020

ޓޯކިޔޯ (މެއި 26) - ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުމާއެކު، ޖަޕާނުގެ ހުރިހާ ސަރަހައްދަކުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ.

އަލަށް ބަލިޖެހޭ މީހުންގެ ވަރަށް ބޮޑުތަނުން ދަށަށް ދިއުމާ ގުޅިގެން، ޖަޕާނުގެ 47 ސަރަހައްދުގެ ތެރެއިން 39 ސަރަހައްދުތަކުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލު ހާލަތު މި މަހުގެ ކުރީ ކޮޅު ވަނީ އުވާލައިފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ، ވެރިރަށް ޓޯކިޔޯ ހިމެނޭ ގޮތަށް އެހެން ސަރަހައްދުތަކުން ވެސް ކުއްލި ހާލަތު ނަންގަވައިފަ އެވެ. އަދި "ނިއު ނޯމަލް" އަށް ތައްޔާރުވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.

ކުއްލި ހާލަތު އުވާލުމުގެ މާނައަކީ ބަލިމަޑުކަމުން އަރައިގަތުން ނޫން ކަމަށާއި، ގައިދުރު ކުރުން ފަދަ ފިޔަވަޅުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ޖަޕާނުގައި އެ ބަލި ޖެހުނު މީހުންގެ އަދަދު 16،600 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 850 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.