ހަބަރު

ކާބޯތަކެތި ފޯރުކޮށް ދޭން އިސްނަގައިފި

އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް، އެއް މަސްދުވަހުގެ ކާބޯތަކެތި ފޯރު ކޮށްދޭން ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއަކުން މަސައްކަތް ފަށައިފި އެވެ.

މަހަލްދީބު ފައުންޑޭޝަނުން އިއުލާން ކޮށްފައި ވަނީ، އެ ޖަމްއިއްޔާގައި ލިސްޓް ކޮށްފައިވާ އެފަދަ އާއިލާތަކަށާއި، އެކަނިވެރި މައިންނަށާއި ޔަތީމުންނާއި މިސްކީނުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އާންމުދަނީ ކުޑަ އާއިލާތަކަށް އެހީވާނެ ކަމަށެވެ.

އެ ޖަމިއްޔާގެ ދަފުތަރުގައި މިހާރު 250 އާއިލާއަކުން ރަޖިސްޓްރީ ވެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް މި ޕްރޮގްރާމް ހިންގާ މިއީ ފަސް ވަނަ އަހަރު ކަމަށާއި ޕްރޮގްރާމްގެ ތެރެއިން 340 އާއިލާއަކަށް 300،000 ރުފިޔާގެ ކާބޯތަކެއްޗާއި ސަމާނު މިދިޔަ ހަތަރު އަހަރު ތެރޭ ފޯރުކޮށް ދީފައި ވާނެ ކަމަށެވެ.

އެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މަހަލްދީބު ފައުންޑޭޝަނަކީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ މަސްއޫލުވެރި ކަމުގެ ދަށުގައި އުފައްދާފައިވާ ޖަމްއިއްޔާ އެކެވެ.