މަނަދޫއިން އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިއަދު ވަނީ މަނަދޫ ކައުންސިލަށް އެކަން ރަސްމީކޮށް އަންގާފައެވެ.
މަނަދޫ ކައުންސިލުން ބުނީ ސާމްޕަލް ނެގި މީހުންގެ ތެރެއިން ނުވަ މީހަކު ޕޮޒިޓިވްވެފައިވާކަން މިއަަދު އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެ މީހުންނަކީ ހޯމް އައިސޮލޭޝަންގައި ތިބި ބައެއް ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މަނަދޫއިން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެ ކޭސްގެ މައުލޫމާތު ހާމަކުރައްވާ ޑރ. އިބްރާހިމް އަފްޒަލް ކުރިން ވިދާޅުވީ އެ އަންހެން މީހާއަކީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް އައި މީހެއް ކަމަށެވެ. އޭރުވެސް އޭނާގެ ގައިގައި ފްލޫގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ހޮސްޕިޓަލުން އޭނާގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓް ކުރުމަށް ނިންމީއެވެ. އަދި ޓެސްޓް ނަތީޖާ ލިބުނީ ފަރުވާއަށްފަހު އޭނާ ގެސްޓް ހައުސްއަށް ދިޔަ ފަހުން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ އެ ކޭސްއާ ގުޅިގެން އޭނާގެ ކޮންޓެކްޓް ރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސް 15 މީހަކު އައިސޮލޭޓް ކުރިއެވެ.
އެ މީހުންނަކީ މުޅިންވެސް ސިއްހީ އެހީތެރިންނެވެ. ނަމަވެސް މިއަދު ޕޮޒިޓިވްވެފައިވަނީ އެމީހުންގެ ތެރެއިން ބައެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފެއް ނުވިއެވެ.