ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަނަދޫ

މަނަދޫން ނެގި 80 ސާމްޕަލްވެސް ނެގެޓިވް

ނ. މަނަދޫއިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވީ މީހާއާއި ގުޅިގެން ފަހުން ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް ވެއްޖެ އެވެ.

މަނަދޫއިން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ އެ ބަލިން ރަނގަޅުވެފައިވަނިކޮށް އިއްޔެ ވަނީ މަރުވެފައެވެ. އެ މީހާ މަރުވީ ކޮވިޑް މުޅިން ރަނގަޅުވީ ފަހުން ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ މަނަދޫގެ ފުރަތަމަ ކޭސްއާއި ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ 80 މީހެއްގެ ސާމްޕަލްއެވެ.

ނަމަވެސް މަނަދޫގެ ފުރަތަމަ ކޭސްއާއި ގުޅިގެން ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެމީހުން މިހާރު ތިބީ ފަރުވާއަަށް ފެސިލިޓީތަކުގައެވެ. އެނގިފައިވާ ގޮތުގައި އެމީހުންގެ ދެވަނަ ސާމްޕަލްއެއް ވަނީ ނަގާފައެވެ.