ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެމްއެމްއޭ ހުޅުވުން: 18، 20 އަދި 26

May 16, 2020

މުހިންމު ހިދުމަތްތައް ދިނުމަށްޓަކައި މަރުކަޒީ ބޭންކާއި ބޭންކުތައް ހުޅުވާފައި ހުންނާނީ، މިމަހުގެ 18 އާއި 20 އަދި 26 ވަނަ ދުވަހު ކަމަށް ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ޒަރޫރީ ހިދުމަތްތައް ދިނުމަށްޓަކައި އެމްއެމްއޭ އާއި ބޭންކްތައް ހުޅުވާނީ މި މަހުގެ 18 އާއި 20 އަދި 26، މި ތިން ދުވަހުގެ ހެނދުނު 9:30 އިން 12:00 އަށް ކަމަށެވެ.

ރާއްޖޭގެ ބޭންކިން ގާނޫނުގައިވާ ގޮތުން ސަރުކާރު ބަންދު ކުރި ނަމަވެސް، ހިދުމަތް ދޭނެ ވަކި ދުވަސްތަކެއްގައި ޒަރޫރީ ހިދުމަތް ލިބެން ޖެހެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރި ފަހުން ހަތަރު ފަހަރެއްގެ މަތިން އެމްއެމްއޭ އާއި ބޭންކްތައް ހުޅުވައިގެން ހިދުމަތް ދީފައިވެ އެވެ. ބޭންކްތައް ހުޅުވި ނަމަވެސް، ގިނަ ތަންތަނުން ވަނީ އެ އޮފީސްތަކަށް ނުގޮސް އޮންލައިން މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކްކިން ނެޓްވޯކް ކަމަށްވާ ބީއެމްއެލްއިން ވަނީ ކޮވިޑާ ގުޅިގެން ބޭންކްއަށް ގޮސް ފައިސާ ޖަމާކުރުމުގެ ބަދަލުގައި އޭޓީއެމުން ފައިސާ ޖަމާ ކުރެވޭ އަދަދު އިތުރުކޮށްފަ އެވެ.