ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮކޯގިރި އައިލެންޑް ރިސޯޓް ޑިސެމްބަރުގައި ހުޅުވަނީ

May 16, 2020

ވ. އަތޮޅުގައި ހުޅުވާ، އާ ރިސޯޓެއްގެ ގޮތުގައި ކޮކޯގިރި އައިލެންޑް ރިސޯޓް މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ކޮކޯގިރި އައިލެންޑް ރިސޯޓު ހުޅުވަން މިހާރު ޝެޑިއުލްކޮށްފައި ވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮކޯގިރި އައިލެންޑް ރިސޯޓަކީ ބުޓީކް ރިސޯޓެކެވެ. ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހުޅުވާ މި ރިސޯޓުގައި 20 ވޯޓާ ވިލާ އާއި 20 ބީޗް ވިލާ ހުންނާނެ އެވެ. މީގެ އިތުރުން ރިސޯޓަށް ދާ މެހުމާނުންނަށް ހާއްސަ ގިނަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. އޭގެތެރޭގައި ސުވިމިން ޕޫލް އާއި "ކޮކޯގިރި ސްޕާ" ގެ އިތުރުން މީރު ކެއުންތައް ހިމެނޭ ރެސްޓޯރެންޓެއް ވެސް ހިމެނެ އެވެ.

މި ރިސޯޓު ހުޅުވާ ވ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ކަނޑުގެ މާހައުލު އެންމެ ރީތި އެއް ސަރަހައްދެވެ. އަދި މި ކުޑަރަށުގެ ވަށައިގެން ރީތި މޫދެއް އޮވެ އެވެ. އެހެންވެ، ރިސޯޓަށް ދާ ޓޫރިސްޓުން ސްނޯކްލްކޮށްލަން ރީތި މޫދެއް އޮންނާނެ އެވެ.

ކޮވިޑް-19 ބަލި ރާއްޖެ އިން ފެނުމާ ހަމަ އަށް ރާއްޖޭގައި 150 ރިސޯޓެއް ހިންގަމުން ދިޔަ އެވެ. އަދި މާލެ އަތޮޅުގައި ފަޅު ހިއްކަިއގެން 30 ރިސޯޓެއް ތަރައްގީ ކުރަމުން ދިޔަ އެވެ. އަދި މުޅި ރާއްޖޭގައި ޓޫރިޒަމްގެ 140 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދިޔަ އެވެ. ނަމަވެސް މި ބައްޔާ ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓު ތަކެއް ވަނީ ބަންދުކޮށްފަ އެވެ. އަދި ޓޫރިސްޓުން އައުން އެޕްރީލް މަހުން ފެށިގެން ވަނީ ހުއްޓިފަ އެވެ. މީގެ ސަބަބުން މި އަހަރު ކުރިން ހުޅުވަން ކަނޑައަޅާފައިވާ ބައެއް ރިސޯޓުތައް ހުޅުވާ ތާރީހު ތަކަށް ބަދަލު އަންނާނެ އެވެ.