ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިސޯޓް

އަދާރަން ހުދުރަންފުށި މާޗް މަހު އަލުން ހުޅުވަނީ

Jan 9, 2021

ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރުމަށް ފަހު އަދާރަން ހުދުރަންފުށި މާޗް މަހު ހުޅުވައި ހިދުމަތަށް ގެންދަން ނިންމައިފި އެވެ.

އަދާރަން ރިސޯޓުން ބުނެފައިވާ ގޮތުގައި އެ ރިސޯޓު ޓޫރިސްޓުންނަށް އަލުން ހުޅުވާލަން ނިންމާފައި ވަނީ މާޗް އެއްވަނަ ދުވަހުން ފެށިގެނެވެ. އެ ރިސޯޓު އަލުން ހުޅުވާއިރު ބައެއް މަރުމާތުކޮށް އަޕްގްރޭޑްވެސް ކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗް 15 ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ގިނަ ރިސޯޓުތައް ބަންދު ކުރި އެވެ. ނަމަވެސް ޖުލައި 15 ގައި ބޯޑަރު ހުޅުވުމުން ގިނަ ރިސޯޓު ތަކެއް ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.

މިހާތަނަށް ޓޫރިޒަމް ސިނާއަތުގެ 41،982 އެނދު އަލުން ހުޅުވާފައިވެ އެވެ. މީގެ ތެރޭގައި 141 ރިސޯޓެއްގައި ހުރި 32،636 އެނދު ވެސް ހިމެނެ އެވެ.