ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފްރަންޓްލައިންގައި މަސައްކަތްކުރާ 199 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 199 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ މައުލޫމާތު ހިމެނޭ ގްރާފްތަކެއް ހިއްސާ ކޮށްފައެވެ. އެ ގްރާފްތަކުގައި ބަލި ޖެހިފައިވާ މީހުންގެ އުމުރާއި، ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، ބަލި ޖެހުނު މީހުންގެ އުމުރުފުރާތައް ހިއްސާކޮށްފައިވެއެވެ.

އެ ތަފްސީލް ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 199 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.

"ފްރަންޓްލައިނޭ މިކިޔަނީ އެއްގޮތަކުން ހެލްތް ސައިޑްގައި މަސައްކަތްކުރާ ބޭފުޅުން ނޫނިއްޔާ ސެކިއުރިޓީ ސައިޑްގައި މަސައްކަތްކުރާ ބޭފުޅުން. އަދި މީގެ އިތުރުންވެސް ޒަރޫރީ ބައެއް ހިދުމަތްތައް، މިސާލަކަށް އެސްޓީއޯ ގޭސް އުފުލާ ބޭފުޅުން ފަދަ. އެ އަަަދަދުތައް ވަނީ ހިމަނާފައި." އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ސިފައިންވެސް ހިމެނެއެވެ. އަދި ފުލުހުންވެސް ހިމެނެއެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ސަރުކާރުގެ ކުންފުނިތަކުގައި މަަސައްކަތްކުރާ މުވައްޒިފުންވެސް ހިމެނެއެވެ.