ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ގިނައިން ޕޮޒިޓިވް ވަނީ ވަޒީފާ ނެތް މީހުން"

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން ދާއިރު މިހާތަނަށް 868 މީހުން ޕޮޒިޓިވްވެފައިވާ ކަމަަށް ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވާ ދާއިރާތަކާއި ގުޅޭ މައުލޫމާތު ވަނީ ހާމަކޮށްފަ އެވެ.

ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވީ މިހާތަނަށް އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ވަޒީފާ އަދާ ކުރަން ނުދާ މީހުން ކަމަށެވެ. އޭގެ ތެރޭގައި 933 މީހުން ހިމެނެ އެވެ. ވަޒީފާއަށް ނުދާ މީހުންގެ ތެރެއިން އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 30 އަހަރާއި 45 އަހަރުގެ މީހުނެވެ. ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ 45 އަހަރާއި 60 އަހަރުގެ މީހުނެވެ. އަދި 18 އަހަރާއި 30 އަަހަރާ ދެމެދުގެ ޒުވާނުންނެވެ.

"އަންއެންޕްލޮއިޑް މީހުންގެ ތެރޭގައި އެންމެ ގިނައީ 30 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން. އަޅުގަނޑުމެން އެކްސްޕެކްޓް ކުރަނީ އެ އުމުރުފުރައިގެ މީހުންވީމަ ތަންކޮޅެއް ޒިންމާދާރު ގޮތަކަށޭ އުޅުން ވެސް ހުންނާނީ. ޒުވާނުންނަށްވީމަ ވާގޮތަކީ ބައެއް ފަހަރަށް އެހާ ރަނގަޅަށް ނުދޭ... އެހެން ނަމަަވެސް 30 އަހަރާއ 45 އަަހަރުގެ މީހުންނަކީ ވިސްނޭ ހަރު ބައެއް. އެހެންވީމަ އެ ބޭފުޅުންނަށް ވަރަށް ބޮޑަށްވެސް އިލްތިމާސް ކުރަން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބަން،" އަފްޒަލް ވިދާޅުވި އެވެ.

ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އެ ދާއިރާއިިން 868 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުުރުން ލޭބަރުންގެ ތެރެއިން 526 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި ސުކޫލް ކޮލެޖްތަކުގައި ކިޔަވާ އުމުރުގެ 613 މީހަކު ވެސް ޕޮޒިޓިވްވެފައި ވެއެވެ.

އަފްޒަލް ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ މީހުންނާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 556 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ފިހާރަތަކުން 411 މީހަކު ވަނީ ޕޮޒިޓިވެފައިވާ ކަމަށެވެ.

މިފަހުން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެހެން ބަލިތަކަށް ބޭސްކުރަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ ހިތުގެ ބަލިތަކާއި ލޭ ނާރުގެ ބަލިތަކަށް ފަރުވާ ކުރާ މީހުންގެ ތެރެއިން 112 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.

އަދި ހަކުރު ބަލީގެ 86 މީހަކު ވަނީ ޕޮޒިޓިވްވެފައިވާއިރު ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ކުރަމުންދާ 64 މީހަކާއި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދަމުންދާ 93 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން މާބަނޑު މީހުންގެ ތެރެއިން 41 މީހަކަށް ކޮވިޑް ޖެހިފައއި ވެއެވެ. މިިދިޔަ ހަފުތާގެ ތެރޭގައި އެކަނި ވެސް އެފަދަ ހަތް މީހަކަށް ބަލި ޖެހުނެވެ.

"މި ހުރިހާ އެއްޗެއް ދެއްކުމުގެ ބޭނުމަކީ އެހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ ގިނަ ބަޔަކަށް ވެސް ބަލި ޖެހިފައިވާކަން ހާމަކޮށްދިނުން. އަދި އެއީ ރިސްކު ބޮޑު ބައެއްކަން އަންގައިދީ ސަމާލު ކުރުވުން،"