މަތީ ތައުލީމުގެ ގިނަ ކޯސް ތަކެއް ހިންގާ މައި ކޮލެޖުން ނ. ހޮޅުދޫ ސިއްހީ މަރުކަޒަށް ސެނެޓައިޒާ ހަދިޔާ ކޮށްފި އެވެ.
އެ ކޮލެޖުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތް ތަކަށް ބޭނުންވާ ސާމާނާއި ރައްކާތެރިވާން ބޭނުންކުރާ އާލާތް ހަދިޔާ ކުރަމުން ގެންދާ ކަމަށާއި މިއަދު ހޮޅުދޫ ސިއްހީ މަރުކަޒަށް ސެނެޓައިޒާ ހަދިޔާ ކޮށްފައިވާ ކަމަށެވެ.
މި ހާލަތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތް ތަކަށް އެންމެ ބޮޑަށް ބޭނުން ވަނީ ސާފު ތާހިރުވުމަށާއު ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ކަމަށް ވެސް ބުނެފައި ވެއެވެ،