ހިދުމަތް ދޭން މި މަހުގެ 18 ވަނަ ދުވަހާއި 20 އަދި 26 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ނަމަވެސް އެ ބޭންކުގެ ބައެއް އަސާސީ ހިދުމަތްތަކަށް މި މަހުގެ 18 ވަނަ ދުވަހާއި 20 ވަނަ ދުވަހާއި 26 ވަނަ ދުވަހު ހުޅުވައިގެން ދޭނެ ކަމަށެވެ.
އެ ދުވަސްތަކުގައި ބޭންކް ހުޅުވާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ. އެ ދުވަސްތަކުގައި ބޭންކުން ލިބޭނީ ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތެވެ. އެ ހިދުމަތް ހޯދަން ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް އީމެއިލުން ފޮނުވޭނެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ޓީޓީ އެޕްލިކޭޝަނަށް ހުށަހެޅޭނެ އެވެ.