ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ހާލަތު ދިގުދެމިގެން ދާނަމަ ފުޓްބޯޅައަށް ގެއްލުވާނެ

ދަނޑަށް ސަޕޯޓަރުން ނުވައްދައި ދިގު މުއްދަތެއް ހޭދަވެގެން ދާނަމަ ފުޓްބޯޅައަށް އެކަމުން ވަރަށް ބޮޑު ގެއްލުމެއް ކުރިމަތި ވާނެ ކަމަށް، އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

ޖަރުމަންގެ ބުންޑެސް ލީގާ ފެށުމާ ދިމާކޮށް، ބީއިން ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ވެންގާ ބުނީ، ދަނޑަށް ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމުން މެޗް ބަލަން ވެސް އުނދަގޫވާ ކަމަށެވެ. އެހެން ނަމަވެސް މި ހާލަތުގައި ފުޓްބޯޅަ ފެށިގެންދާ ކަމީވެސް ރަނގަޅު މިސްރާބަކަށް ދިއުން ކަމަށް އޭނާ ބުންޏެވެ.

ވެންގާގެ ވާހަކައިގައި ފުޓްބޯޅައިގެ އިސް ފަރާތްތަކުން ވެސް ސަމާލުކަން ދޭން ޖެހޭނެ ވާހަކަ އެއް އެބައޮތެވެ. އޭނާ ބުނީ، ދަނޑަށް ސަޕޯޓަރުން ނުވައްދައި ގިނަ ދުވަސްތަކެއް ހޭދަ ވެގެންދާނަމަ ފުޓްބޯޅައަށް އެކަމުގެ ގެއްލުން ކުރިމަތި ވާނެ ކަމަށެވެ.

"ދިގު މުއްދަތަކަށް ސަޕޯޓަރުން ނުވައްދައި ކުޅެން ވެއްޖެނަމަ ފުޓްބޯޅައަށް ގެއްލު ވާނެ ހެއްޔޭ،" ސުވާލު އުފައްދައި ވެންގާ ވާހަކަ ދެއްކި އެވެ. "އަހަންނަށް ފެންނަނީ އެގޮތަށް، ގެއްލުން ވާނެ، ސަޕޯޓަރުން ނުވައްދައި ކުޅުމަކީ ކުރު މުއްދަތަކަށް ހައްލެއް، ދިގު މުއްދަތަކަށް އެކަން ގޮސްފިނަމަ ގެއްލުން ވާނެ."

ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމެންޓްގެ ހެޑްގެ މަގާމު އަދާ ކުރަމުން އަންނަ ވެންގާ ބުނީ، މެޗެއްގައި ފަސް ކުޅުންތެރިން ބަދަލު ކުރެވޭ ގޮތަށް ފީފާއިން ހުއްދަ ދިނީ ކައިރި ކަިއރީގައި މެޗުތައް ކުޅެން ޖެހޭއިރު ކުދި ޓީމުތަކަށް ކުރިމަތިވާނެ ގެއްލުމުން ސަލާމަތް ކުރުމަށް ކަމަށެވެ.