ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

12 މީހަކު ޕޮޒިޓިވްވެ އަދަދު 1106 އަށް

މިއަދުވެސް ކޮވިޑަށް 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 1106 އަށް އަރާފައިވާ ކަމަށެވެ. މިއަދު 12 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިހާތަނަށް 1026 މީހުން ގެންދަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން 10 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިރޭވެސް ގިނަ ނަތީޖާތަކެއް ލިބޭނެތީ އިތުރު ބަޔަކު ޕޮޒިޓިވްވުމުގެ ފުުރުސަތު އެބައޮތް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.