ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 15 މީހަކު ރަނގަޅުވެ އަދަދު 74 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 15 މީހަކު ރަނގަޅުއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވެފައިވަނީ ހަތަރު އަންހެނުންނާއި 11 ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި 8 ބިދޭސީންނެވެ. އެމީހުން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 74 މީހަކު ވަނީ ރަނގަޅުވެފައެވެ.

މިރޭގެ ނިޔަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 1106 އަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް 1026 މީހުން ގެންދަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން 10 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.