ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ތުހުމަތުތަކަށް މިނިވަން ތަހުގީގެއް ކުރާނެ: ޑަބްލިޔުއެޗްއޯ

May 19, 2020
1
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިހުމާލު ވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއަށް ވަނީ ތުހުމަތުތައް އަމާޒުވެފައި -- ފޮޓޯ: އޭއެފްޕީ
0%
0%
100%

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިހުމާލު ވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް މިނިވަން ތަހުގީގެއް ކުރާނެ ކަމަށް އެ ޖަމިއްޔާ އެންމެ އިސްވެރިޔާ ޑރ. ޓެޑްރޯސް ވިދާޅު ވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ވޯލްޑް ހެލްތު އެސެމްބްލީގެ 73 ވަނަ ބައްދަލުވުމުގައި ޑރ. ޓެޑްރޯސް ވިދާޅުވީ ބަލިމަޑުކަން ކޮންޓްރޯލް ކުރެވުމާއެކު ޗައިނާއާއެކު އެފަދަ ތަހުގީގެއް ކުރާނެ ކަމަށެވެ.

ޗައިނާގައި ބަލި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، އެކަމުގެ ސައްހަ މައުލޫމާތު ފޮރުވަން ޑަބްލިޔުއެޗްއޯ އިން މަސައްކަތް ކުރިކަމުގެ ތުހުމަތުތައް އިސްވެ ކުރައް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

އެގޮތުން، ޑަބްލިޔުއެޗްއޯއަށް އެމެރިކާއިން ދެމުންދާ އެހީ ހުއްޓާލުމަށް ޓްރަމްޕް ނިންމަވާފައި ވާއިރު، އިއްޔެގެ ބައްދަލުވުމުގައި އެމެރިކާ ތަމްސީލު ކުރެއްވި ސިއްހަތާބެހޭ ސެކްރެޓަރީ އެލެކްސް އަޒަރު ވިދާޅުވީ ވައިރަހާ ގުޅޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި އެއް ނުކުރެވި، އެ މައުލޫމާތު ހާމަ ކުރުމުގައި ނުކުޅެދުމުގެ ސަބަބުން އެތަކެއް ހާސް ބައެއްގެ ފުރާނަ ގެއްލެން މެދުވެރިވި ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ދައުރާ ގުޅިގެން މިނިވަން ތަހުގީގަކަށް ގޮވާލައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅި ގަރާރަށް މެންބަރު ގައުމުތަކުގެ ތާއީދު ލިބިގެން ދިއަ އެވެ.

ތަހުގީގަކަށް އަބަދު ވެސް ތައްޔާރަށް ހުންނެވި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ޓެޑްރޯސް އިއްޔެ ވިދާޅުވީ، އެފަދަ ތަހުގީގަކުން މުސްތަގުބަލުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ވެސް ހާމަވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ އެންމެންނަށް މި ބަލާއާފާތުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ. ކޮންމެ ގައުމެއް ވިޔަސް އަދި ޖަމާއަތެއް ވިޔަސް މި ބައްޔާ ދެކޮޅަށް އެޅި ފިޔަވަޅުތައް ދިރާސާކޮށް ލިބުނު ތަޖުރިބާތަކުގެ ބޭނުން ހިފަން ޖެހޭ. ހާމަކަން ބޮޑުގޮ ތެއްގައި، ޖަވާބުދާރީވެ، ކަންކަން ރަނގަޅުކުރަން ޑަބްލިޔުއެޗްއޯ އަބަދު ވެސް އޮންނާނީ ތައްޔާރަށް،" ޓެޑްރޯސް ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އެހާ

ތިތަޙުޤީޤު ކުރެވޭނީ މިރާއްޖޭގައި މަރުޙޫމް ޑރ. އަފްރާޝީމާއި، ވީގޮތެއްނޭނގިފައިވާ މަރުޙޫމް ނޫސްވެރިޔާ ރިޟުވާނުގެ ތަޙުޤީޤު ކުރެވި، ހިނގާގޮތަށްބާ؟ ސުވާލު ނުއުފެދޭވަރެއްނޫނެވެ. އިވޭއަޑުތަކުން މިކަމުގައި ބައިވެރިވަނީ މުއްސަނދިކަމުގެ ނިހާޔަތަށްގޮސްފައިވާ ބިލްގޭޓްސްގެ ދެމަފިރިންނާއި، ހަތަރު ޤައުމަކާއި، ދުނިޔޭގެ ފެންވަރުގެ އެތަކެއް ޖަމްޢިއްޔާއަކާއި މާލީއިދާރާތަކެކޯލައެވެ! މިބުނި ދެމަރުޙޫމުންގެ ތަޙުޤީޤުވެސް ކުރިޔަށްނުގޮސްގެންއުޅެނީ އެކަމުގެ ބައިވެރިންނާއިހެދިކަަމުގައި ވާހަކަދެކެވޭއަޑުއިވެއެވެ. ކަންކޮންމެގޮތަކަށްވީނަމަވެސް މިބުނި ތަޙުޤީޤުތައް އަދިވެސްއުޅެނީ ގައުފޮރޮޅުމުގައެވެ. މިކަންތައް ކިހާދުވަހަކަށް ދެމިގެންދާނެބާވައެވެ؟ ޤައުމުތަކުތެރޭގައި ޗައިނާއާއި، އިންޑިޔާއާއި، ޖަރުމަނާއި، ޖަޕާނު ހިމެނޭކަމުގެ އަޑުއިވެއެވެ. ކިހާވަރަކުންދާނެބާވައެވެ؟ ކޮންފަދައަނދުނެއް އަޅުވާނެބާވައެވެ؟ ހައްތަހާވެސް ސުވާލެވެ! އެނގިދާނެތާއެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345