ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި ބަންގަލްދޭޝްއަށް ނިސްބަތްވާ 19 މީހަކާއި އިންޑިއާގެ ތިން މީހުން ކަމަަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 1143 އަރާފައެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މިމަހުގެ ފަހު 14 ދުވަހު މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ. ނަމަވެސް ކުރިން ލަފާކުރި ވަރާ ގާތަށްވެސް ހާލަތު އަދި ގޯސްވަމުން ނުދާ ކަމަށް އެންއީއޯސީން ރޭ ވަނީ ބުނެފައެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.