ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓޫރިޒަމް ހުޅުވާލުވާލާ ގައިޑްލައިނަށް ހިޔާލު ހުށަހެޅުން 25 ގެ ނިޔަލަށް

May 19, 2020

ޓޫރިޒަމް ހުޅުވާލުމާބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލަށް ހިޔާލު ހުށަހެޅުން މި މަހު 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ބުނެފި އެވެ.

"މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑް ލައިން" ގެ ނަމުގައި އެކުލަވާލި ޑްރާފްޓް ޓޫރިޒަމް ސިނާއަތައް ހިއްސާ ކުރުމުން ބައެއް ފަރާތް ތަކުން ވަނީ މި ޑްރާފްޓް މީޑިޔާ ތަކަށް ދީފަ އެވެ. މި ޑްރާފްޓުގައި ރާއްޖެއަށް އަންނަން ހުއްދަ ދޭ ޕްރައިވެޓް ޖެޓްތަކާއި ޗާޓަރު ފްލައިޓު ތަކުން ބައިލައްކަ ޑޮލަރުގެ ފީއެއް، ނަގައި ސުޕަ ޔޮޓުތަކުން 10،000 ޑޮލަރުގެ ފީއެއް ނަގަން ހުށަހަޅައިފައި ވެއެވެ. އަދި މި ނޫންވެސް އިތުރު ފީތަކެއް ނަގަން ހުށަހަޅާފައި ވެއެވެ.

މި ޑްރާފްޓާ އާއްމުވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ޓޫރިޒަމް ހުއްޓިފައި އޮތުން ނިމުމަކަށް ގެނެސް، އަލުން ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ގައިޑްލައިން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ފުރަތަމަ ދެލިކޮޕީ ޓޫރިޒަމް ސިނާއަތުގެ މަސްލަހަތު ވެރިންނާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި މި ދެލި ކޮޕީ އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ގައިޑްލައިން ފުރިހަމަކޮށް ސަރުކާރުގެ ފައިނަލް ޕޮލިސީ އާއްމު ކުރާނީ ޓޫރިޒަމް ސިނާއަތުގެ މަސްތަހަތުވެރިންގެ ލަފާ އާއި ހިޔާލުގެ މައްޗަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރިން އެކުލަވާލީ މި ގައިޑްލައިންގެ ޑްރާފްޓްގައިވާ ގޮތުން ޕްރައިވެޓް ޖެޓްތަކާއި ސުޕަ ޔޮޓް ފަހަރަށް ހުޅުވާލަން މަސައްކަތް ކުރަނީ ޖޫން އެއް ވަނަ ދުވަހުން ފެށިގެންނެވެ. އަދި ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތަކަށް ޖުލައި އެއްވަނަ ދުވަހު ހުޅުވާލާނެ އެވެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ޕްލޭން ކޮށްފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.