ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަނގަޅުވި މީހުންގެ އަދަދު 86 އަށް އަރައިފި

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 12 މީހަކު ރަނގަޅުއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްހޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 86 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެއީ ދެ ދިވެހިންނާއި 10 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1143 އަރާފައެވެ. މިއަދު އެކަނިވެސް މި ބައްޔަށް 37 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

މަބުރޫކް ވިދާޅުވީ އެ މީހުންގެ ތެރެއިން 1051 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

މިއަދު ކަރަންޓީނުން ވަނީ 40 މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން 78 މީހަކު މާދަމާ ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.