ހަބަރު

ކުޅުދުއްފުށީ 150 ހައުސިން ޔުނިޓަށް ބިޑުރަން އިތުރު ވަގުތު

May 20, 2020

ހއ. ކުޅުދުއްފުށިގައި ތަރައްގީ ކުރި 150 ހައުސިން ޔުނިޓަށް ބިޑް ހުށަހަޅަން އިތުރު ފުރުސަތެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، 19 މާޗު އިން ފެށިގެން ސަރުކާރު ބަންދު ކުރުމަށް ނިންމުމާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ޢިމާރާތް ކުރަން ފަށާފައިވާ 105 ހައުސިން ޔުނިޓު ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީ އިން ކުރި އިއުލާންގައިވާ ރަޖިސްޓްރޭޝަން މުއްދަތާއި، ބިޑް ހުށަހެޅުމުގެ ތާރީހަށް އަބަދު ގެނެވިފައިވާ ކަމަށެވެ.

ބީލަން ހުށަހަޅަން ދިން އިތުރު ފުރުސަތާއެކު، އަންނަ މަހުގެ ވަނަ ދުވަހާ އަށް ބީލަމަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބެ އެވެ. ބީލަމުގައި ބައިވެރިވުމަށް -/1,500 ރުފިޔާ ނުވަތަ 100.00 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މި ފައިސާ އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށް ދެއްކެ އެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރަކާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް އެޑްރެހަށް ފޮނުވަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ މިމަހުގެ 31 ގެ ކުރިން އެ މިނިސްޓްރީއަށް އީމެއިލުން އަންގަންވާނެ އެވެ. މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 315,000 ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މި މަޝްރޫއަށް ބީލަން ހުޅުވުން އޮންނާނީ 11 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަގެ ޖަލްސާކުރާ މާލަމުގަ އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފަ އެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔަން ޖެހެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައިވާތީ، ސަރުކާރުން ވަނީ މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ނޫން އެހެން ހުރިހާ މަސައްކަތެއް ހުއްޓާލަން ނިންމާފަ އެވެ.