ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކަށް ފަސް ބިލިއަން

ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރަނީ. ޕީއެސްއައިޕީއަށް މިއަހަރު ކުރި ހަރަދު ވަނީ ފަސް ބިލިއަން ރުފިޔާއަށް އަރާފަ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
0%
0%
0%

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ފަސް ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ކުރި ހޭދައަށްވުރެ 64.2 ޕަސަންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ތިން ބިލިއަން ރުފިޔާ ހޭދަކުރި އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 744 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މަގު ހެދުމުގެ މަޝްރޫއުތަކަށް 648.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެއާޕޯޓް މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ ހަރަދުކުރިއިރު ހާބަރު ހެދުމުގެ މަޝްރޫއުތަކަށް 546 މިލިއަން ރުފިޔާ އަދި ބްރިޖު މަޝްރޫއަށް 460 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކަށް 565 މިލިއަން ރުފިޔާ ހޭދަކުރިއިރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 441 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި 8.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345