ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކަށް އަށް ބިލިއަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިއަށް ގެންދާ މަޝްރޫއެއްގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
100%

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރު އަށް ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރި ހަރަދެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 4.8 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކުރުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައެޅީ 6.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދުތައް ބޮޑުވެ މިއަހަރުގެ ބަޖެޓަށް އިތުރުކުރަން ފާސްކުރި ސަޕްލިމަންޓްރީ ބަޖެޓުގައި ޕީއެސްއައިޕީއަށްވެސް ބަޖެޓު އިތުރުކުރި އެވެ. އެއާއެކު ޕީއެސްއައިޕީ ބަޖެޓަކީ 7.3 ބިލިއަން ރުފިޔާ އެވެ.

ބްރިޖް މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުން 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ހާބަރު މަޝްރޫއުތަކަށް 872.1 މިލިއަން ރުފިޔާ ހޭދަކުރިއިރު އެއާޕޯޓް މަޝްރޫއުތަކަށް 524.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 804.9 މިލިއަން ރުފިޔާ ހޭދަކުރިއިރު ބިން ހިއްކުމަށް 444 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ހައުސިން މަޝްރޫއުތަކަށް ކުރި ހަރަދު ވަނީ 624 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފައީޒް

ތިއީ ދަރަނި މަޝްރޫ.. ގައުމުގެމާލީ ހާލަތަށް ރިއާއަތް ނުކޮއް އިންޑިޔާއާއި ބައިވެގެން އެމީހުންގެ އަތްމައްޗައް ގައުމުގެ ފައިސާއާއި މުހިންމުމަޝްރޫތަށް ދޫކޮއްލުން. ޕީއެސްއައިޕީ މަޝްރޫތަކަކީ ފައިސާ ގައުމަށް ވައްދާނެ މަޝްރޫތަކެއް ނޫން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345