ފިނޭންސް މިނިސްޓްރީ

ތަރައްގީއަށް ހަ ބިލިއަން ރުފިޔާ ހޭދަކޮށްފި

ތިލަމާލެ ބްރިޖް މަޝްރޫއުގެ ތެރެއިން. މިއަހަރު ޕީއެސްއައިޕީ ހަރަދު ވަނީ ހަ ބިލިއަން ރުފިޔާއަށް އަރާފަ---ފޮޓޯ: އަވަސް
0%
0%
100%

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރު ހަ ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 6.1 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރީ 3.9 ބިލިއަން ރުފިޔާ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު 6.3 ބިލިއަން ރުފިޔާ ހޭދަކުރުމަށް ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑު ހޭދައެއް ކުރީ ދަތުރުފަތުރާއި ގުޅުންހުރި މަޝްރޫއުތަކަށެވެ. އެގޮތުން ހާބަރު މަޝްރޫއުތަކަށް 776.2 މިލިއަން ރުފިޔާ ހޭދަކުރިއިރު ބްރިޖު މަޝްރޫއުތަކަށް މިއަހަރު 595.9 މިލިއަން ރުފިޔާ އަދި އެއާޕޯޓް މަޝްރޫއުތަކަށް 477 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 720 މިލިއަން ރުފިޔާ ހޭދަކުރިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 364.9 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް މިއަހަރު ވަނީ 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތަކަށް 199.4 މިލިއަން ރުފިޔާ ހޭދަކުރިއިރު ގޮނޑުދޮށް ހިމާޔަތްކުރަން 310.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 518.5 މިލިއަން ރުފިޔާ ހޭދަކުރިއިރު ސްކޫލު އަދި ޔުނިވާސިޓީތަކަށް ޕީއެސްއައިޕީން 320.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޕީކީ ބްލައިންޑް

ހަ ބިލިއަނެއް ނުއެއް ފެނޭ ތަރައްގީގެ ގޮތުގަ ހަމަ ލޮލަށް އަދި

ސުއްޓާ

ހަ ބިލިޔަން ހޭދަކުރެވުނު އިރު ފެންނާކަށެއް ނެތްއެފައިސާއާއި އެއްވަރަށް ޕަބްލިކު އިންފުރާސުޓުރަކްޗާސްއެއް. ކުރީ ސަރުކާރު ފޭބިއިރު އެތައް ބިލިޔަނެއްގެ ހަގީގީ މަސައްކަތުގެ ނިމިފައި ހުރި ފައިދާ ލިއްބައިދެނުވި އިންފުރާ ސުޓުރަކްޗާސްތަށް ފެންނަން އަދި އަތްލެވެން ހުރި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345