ވިޔަފާރި

ވިސާ ފީގެ ޖޫރިމަނާ މައާފުކޮށްދީފި

May 21, 2020

ކޮވިޑް-19 ލޮކްޑައުން ކުރުމާ ގުޅިގެން ވިޒާ ފީ ދައްކަން ދާން ދަތިވެފައިވާތީ، އަންނަ މަހުގެ ނިޔަލަށް ހަމަވާ ހުރިހާ ވިޒާ ފީއެއްގެ ޖޫރިމަނާ މައާފުކޮށްދީފި އެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ އޮފީސްތައް ބަންދު ކުރެވިފައިވުމުން (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާތީ، މި މުއްދަތުގެ ތެރޭގައި ޓޫރިސްޓު ވީޒާ އާއި ޑިޕެންޑެންޓު ވީޒާ، ވާކް ވީޒާ އަދި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވީޒާގެ މުއްދަތު އިތުރުކުރުމާއި ވީޒާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނި ތަކަށް ބޮޑެތި ގޮން ޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެހެން ކަމުން އާއްމުންނަށް ލުއިކޮށް ދިނުމުގެ ގޮތުން، ވީޒާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީވެ، 19 މާޗް އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ވީޒާ ގެ މުއްދަތު ހަމަވާ ފަރާތް ތަކަށް ވީޒާ ފީގެ ޖޫރިމަނާ ދައްކަން ނުޖެ ހޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ވިޒާ ފީއަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާ އެވެ.