ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރާއެކު މަޓީން މަޝްވަރާތައް ފަށައިފި

May 22, 2020

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކަށް ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް ފަހު ޓޫރިޒަމް އިންޑަސްޓްރީގެ ޖަމިއްުޔާ، މަޓީން ސަރުކާރުން އެކު އެއް މޭޒެއްގައި މަސްވަރާތައް ފަށައިފި އެވެ.

ކަށަވަރުވެފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ފަށައި ދިން ބޮޑެތި ވިޔަފާރިވެރިންނާއި އެ ސިނާއަތު ތަރައްގީކޮށް ދުޔިނޭގެ ޓޫރިޒަމްގެ އެއް ނަމްބަރު ބްރޭންޑަށް "މޯލްޑިވްސް" ހަދައިދިން ވިޔަފާރިވެރިން ތަމްސީލު ކުރައްވާ މަޓީ އާއި ސަރުކާރާ ދެމެދު އޮތް ކަންބޮޑުވުމަށް ފަހު ވެސް އެކުގައި މަޝްވަރާ ކުރަން ވަނީ ފަށާފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރުގެ މަޝްްވަރާތަކަކީ ރާއްޖޭ އަލުން ހުުޅުވާލައި "ނިއު ނޯމަލް" ގައި ޓޫޒިޒަމްގެ އާ ފެށުމަކަށް ދާއިރު މިވަގުތަށް ކުރާނެ ކަންކަމާއި ދުރު ރާސްތާ އާއި މެދުރާސްތާގައި ކުރާނެ އަދި ކުރެވެން ހުރި ކަންކަމުގައި ދެ ފަރާތުން މަޝްވަރާ ކޮށް އެއްބަސްވާ ގޮތްތަކެއް ނިންމުގެ މަރުހަލާ ކަމަށެވެ.

މި މަޝްވަރާތަކުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި، ސަރުކާރުން މަޝްވަރާގައި "ފަތުރުވެރިކަން އަލުން ފެށުމުގެ ގައިޑްލައިން" އާއި ގުޅޭ ގޮތުން ހިޔާލު ހޯދައި ގޮތްތަކެއް ނިންމާނެ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މަޝްވާރާތައް ކުރިޔަށް ގެންދަނީ މިނިސްޓަރު އަލީ ވަހީދު އިސްވެ ހުންނަވައިގެނެވެ. ނަމަވެސް މިނިސްޓަރު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ޓޫރިޒަމްގެ ނިއު ނޯމަލްއަކަށް ގެންދާނެ ހާއްސަ ގައިޑުލައިނެއް ޓޫރިޒަމުން އެކުވަވަލާއި އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖޭ ބޯޑަރު އަލުން ހުޅުވައިލަން ތައްޔާރުވަމުން އަންނަ އިރު ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއެކު ޓޫރިޒަމް ހަރަކާތް ނިމި، ރާއްޖޭގެ އިގުތިސޯދު ވެސް ވަނީ ހުއްޓުމަކަށް ގޮސްފަ އެވެ.

އޭގެ ފަހުން މަޓީއާއި ސަރުކާރުގެ ހިޔާލު ފުށު އަރާ ގޮތް މެދުވެރިވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އާންމު ކުރި އިކްނޮމިކް ރިލީފް ޕެކެޖާމެދު އެއްބަސް ނުވެވިގެނެވެ. އެކަމާ ގުޅިގެން މަޓިން ވަނީ ކުރިން ބަޔާނެއް ވެސް ނެރެފަ އެވެ.

ސަރުކާރުގެ އެ އޮފިޝަލު ވިދާޅުވި ގޮތުގައި މަޓީއާއި ދެމެދު ހިޔާލު ތަފާތުވުމެއް އޭރުވެސް މިހާރު ވެސް ނެތެވެ. މަޓީގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް އެބައޮތެވެ. ކުރިން ދިމާވި މައްސަލައަކީ ހާލަތުގެ ތެރެއިން އައި ކަންބޮޑުވުމެއް ކަމަށާއި އެފަދަ ކަންބޮޑުންތައް ހުރިހާ ދާއިރާއެއްގައި ވެސް ކޮވިޑާ ގުޅިގެން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.