ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދުބާއީން 10 ވެންޓިލޭޓަރު ގެނެސްފި

ދުބާއީން މިއަދު 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެގޮތުން ތިން ކުންފުންޏަކަށް ސަރުކާރުން ވަނީ ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ވަނީ ހަވާލުކޮށްފައެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ދުބާއީން މިއަދު 10 ވެންޓިލޭޓަރު ގެނެސްފައިވާ ކަމަށެވެ. އެ ވެންޓިލޭޓަރާއެކު މިވަގުތު ރާއްޖޭގައި 129 ވެންޓިލޭޓަރު އެބަހުރި ކަމަށް މަބުރޫކް ވިދާޅުވިއެވެ. މިމަހުގެ ތެރޭގައި އިތުރު 35 ވެންޓިލޭޓަރު ގެނެވޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. އަދި ދެން ހުރި މެޝިންތައް ގެނެވޭނީ އަންނަ މަހު ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.