ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭގައި ދުވާލަކު 500 ޓެސްޓް ކުރެވޭނެ

އޭޑީކޭ ހޮސްޕިޓަލަށް ޕީސީއާރް މެޝިނެއް ގެނެސް، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަށައިފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް އޭޑީކޭގައި ހަމަޖެއްސުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް މިހާރު ހެދޭ ޓެސްޓްތަކުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.

މިއަދުން ފެށިގެން އޭޑީކޭގައި ދުވާލަކު 500 ޓެސްޓް ކުރެވޭނެ އެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގައި 600 ޓެސްޓް ކުރެވޭނެއެވެ. މީގެ އިތުރުން ފުލުހުންގެ ލެބޯޓަރީގައި 145 ޓެސްޓް ކުރެވޭނެ އެވެ.

އޭގެއިތުރުން އެސްޓީއޯއިން ވެސް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިހާރު ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދެ އެވެ.

"މިހާރު ގަންނަން މަސައްކަތްކުރާ ބަޔޯފަޔާގެ ދެ މެޝިން މިހާރު ހުރީ ޓްރާސިޓްގައި އިންޑިއާގައި، އެ ދެ މެޝިން ބޭނުންކުރާނީ ޓްރީޓޮޕް އަދި އައިޖީއެމް ހޮސްޕިޓަލްގައި. އެ ދެ މެޝިން އަންނަ ހަފްތާގެ ތެރޭގައި ރާއްޖެ އަންނާނެ." މަބުރޫކް ވިދާޅުވިއެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެފައިވާ ގޮތުގައި ރަށްރަށުގައި ޖީން އެކްސްޕާޓް މެޝިންތައް ބެހެއްޓުމުގެ އިތުރުން އެހެން މެޝިންތަކެއް ބެހެއްޓޭތޯ ވެސް މަސައްކަތް ކުރަމުން ދެ އެވެ. އެ މެޝިންތަކަކީ ގިނަ ލެބް ޓެކްނީޝަނުންނާ ނުލައި އޮޕަރޭޓް ކުރެވޭ ފަދަ މެޝިންތަކެކެވެ.