ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ މީހުންނާއި ކޮންޓެކްޓްވި މީހުން ދެނެގަނެ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ހިދުމަތް ފޯރުކޮށް ދިނުމުގައި ދެމި އޮންނާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓްލަގައި މަސައްކަތް ކުރަމުންދިޔަ 12 މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށާ އެ މީހުންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީން ކަމަށެވެ. އަދި އެ މީހުންނަކީ ސަޕޯޓް ސްޓާފުން ކަމަށާ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެއްވެސް ގޮތަކަށް އެ މީހުން ބައިވެރިވެފައި ނުވާނެ ކަމަށެވެ.

ޕޮޒިޓިވްވީ ބިދޭސީން ދިރިއުޅެމުން ގެންދިޔައީ ހުޅުމާލޭގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގަ އެވެ.

މިރޭ އޭޑީކޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒިފުންތަކެއް ޕޮޒިޓިވްވުމާއެކު އެ މީހުން ކޮންޓެކްޓްވީ ފަރާތްތައް ދެނެގަނެ ޓެސްޓް ކުުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ.

"ހޮސްޕިޓަލްގެ އެތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ރައްކާތެރިކަމާއެކު ހިދުމަތް ފޯރުކޮށް ދިނުމުގައި ހީވާގިކަމާއި ހިތްވަރާއެކު މުވައްޒަފުން ދައްކަމުންދާ ނަމޫނާއާއެކު ރައްޔިތުންގެ ހިތުގައި އޭޑީކޭ ހޮސްޕިޓަލް މާތްﷲގެ ވާގިފުޅާއެކު ދެމި އޮންނާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވަން." އެ ބަޔާނުގައި ވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށްޓަކައި މުވައްޒިފުންނަށް އަމަލު ކުރަން ޖެހޭ ހާއްސަ ޕްރޮޓޮކޯލެއް މީގެ ދުވަސްތަކެއް ކުރިން އޭޑީކޭއިން ވަނީ ކަނޑައަޅާފަ އެވެ.