ވިޔަފާރި

އުރީދޫން އީދަށް ހާއްސަ އޮފާއެއް

May 24, 2020

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫ އީދު ހަދިޔާގެ ގޮތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ދީފި އެވެ.

އުރީދޫން ބުނީ އީދުގެ އުފާވެރިކަން އާއިލާ އާއި ރައްޓެހިންނަށް ހިއްސާ ކޮށްލަން ހާއްސަ އޮފާއެއް މިއަދު ތައާރަފު ކޮށްފައިވާ ކަމަށެވެ. މި އޮފާގައި ކަސްޓަމަރުންނަށް "މަގޭ ޕްލޭން" މެދުވެރިކޮށް ތިން ދުވަހުގެ މުއްދަތަށް ތިން ޖީބީ ޑޭޓާ 75ރ. އަށް ގަނެވޭނެ ކަމަށެވެ.

މި އޮފާ ތައާރަފު ކޮށްފައި ވަނީ ގޭގައި ތިބެގެން ވެސް ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކުރަން މަގު ފަހި ކޮށްދޭށެވެ.

  • އުރީދޫ އެޕަށް ލޮގް އިން ކުރޭ
  • ސެލްފް ކެއާ ސެކްޝަންއިން ރިކޮމެންޑެޑް ޕެކޭޖަސް އިޚްތިޔާރު ކުރޭ
  • އެކްޓިވޭޓް ކުރަމް FOR MYSELF ޓެބް އިޚްތިޔާރުކުރޭ
  • ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުަރަން GIFT A FRIEND ޓެބް ހިޔާރު ކުރޭ
  • Exclusive ޕެކްގައިވާ (+) ފާހަގައަށް ފިތާލާ
  • CONFIRM ބަޓަނަށް ފިތާލައި ފައިސާ ދައްކާ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައިވާ މި އޮފާ މި މަހުގެ 26 ގެ ނިޔަލަށް އުރީދޫ އެޕް މެދުވެރިކޮށް ގަނެވޭނެ އެވެ.

އެ ކުންފުނީގެ މެނޭޖަރު ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މިއީ އުރީދޫން ދިން އީދު ހަދިޔާއެއް ކަމަށެވެ.

"އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އީދު ގޭގައި ފާހަގަ ކުރަންޖެހިފާ ވީއިރު ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާ ކުރަން އަޅުގަނޑުމެންގެ މި އީދު އޮފާ ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަން،" ނޫރާ ވިދާޅުވި އެވެ.