ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އީދު ފާހަގަ ކުރުން

މި އީދުގެ އެންމެ ހިތްދަތި މަންޒަރު!

މުސްލިމުންނަށް ފިތުރު އީދާ އަލްހާ އީދު ވެއެވެ. އީދު ދުވަހަކީ މުސްލިމުންނަށް އެންމެ ހާއްސަ މުނާސަބަތެވެ. މި ދެ ދުވަހުގެ އުފާވެރިކަން ފެށިގެން އަންނަނީ އެތައް ސަތޭކަ ބަޔަކާއެކު ކުރާ އީދު ނަމާދުގެ ބޮޑު ޖަމާއަތުންނެވެ. ނަމާދަށް ފަހު އެކަކު އަނެކަކާ ބައްދަލުވެ އީދު ސަލާމްކޮށް ތަހުނިޔާ ކިޔަން ލިބޭ ރަނުގެ ފުުރުސަތަށް އެކަން ވެއެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ ހުސް މައިދާންތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަމުންނެވެ. މި އަހަރާ ހަމައަށް އެކަން ހިނގަމުން ދިޔައީ އެގޮތަށެވެ. މޫސުން ވަރަށް ގޯސްވެ ގަދަ ވިއްސާރަ ކުރިމަތި ވެގެން ނޫނީ އީދުގެ ބޮޑު ޖަމާއަތްތައް ކެންސަލެއް ނުވެއެވެ. އެހެންވެ އެތައް ހާސް ބަޔަކާއެކު މިހާތަނަށް އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަމުން އައެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވެސް މިދިއަ އަހަރުތަކުގައި އީދު ނަމާދު ކުރަމުން އައީ ހުސް މަައިދާންތަކުގައި ހަދާ ބޮޑު ޖަމާތަކާ އެކުއެވެ.

މިފަހަރުގެ ކުޑަ އީދަކީ ދިވެހިންގެ ގިނަ ބަޔަކާ ބައްދަލުކުރި އެންމެ ހިތްދަތި އީދު ދުވަހަށް ވާނެ އެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އީދުގެ ޖަމާއަތެއް ނެތެވެ. މާލެ ސިޓީގައި އީދު ނަމާދު ކޮށްފައި ވަނީ މަރުކަޒުގައި ލޮކްޑައުން ވެގެންތިބި ހަތަރު މީހުންގެ ޖަމާއަތެއްގަ އެވެ.

އުފާވެރި މި އީދުގައި ޖަމާއަތުގައި އީދު ނަމާދު ނުކުރެވުމަކީ އެންމެ ބޮޑު ހިތާމަ އެވެ. މާލެ ސަރަހައްދުގައި މިސްކިތްތައް ބަންދުކޮށް ޖަމާއަތް މެދުކަނޑާލާފައިވާތާ ދެ މަސް ދުވަސްވީ އެވެ. ރޯދަ މަހުގެ ދުވަސްތަކާއި ރޭތައް ނިމިގެން ދިޔައީ ޖަމާއަތުގައި މިސްކިތުގައި ފަރުލު ނަމާދާއި ތަރާވީހު ނަމާދު ކުރުމުގެ ފުރުސަތެއް ނުލިބި އެވެ.

އީދުގައި ދިވެހިންނަށް އެންމެ ބޮޑަށް މިސް ވާނީ އީދުގެ ބޮޑު ޖަމާއަތެވެ. މޫސުން ރީތި ހިތްގައިމު މި ދުވަހު އީދުގެ ބޮޑު ޖަމާއަތް ކެންސަލް ކުރަން މަޖުބޫރުވީ ކޮވިޑްގެ ބަލިމަޑު ކަމާހެދި އެވެ. އޭގެ ސަބަބުން މާލެ ސިޓީ އާއި އަދި އިތުރު ހަ ރަށެެއްގަައި ރައްޔިތުން އީދު ނަމާދު ކުރީ ގޭގަ އެވެ. ބައެއް މީހުން އާއިލާއާއެކުގަ އެވެ. އަނެއް ބަޔަކު އަކަންޏެވެ.

އީދުގައި މާލޭގައި ޖަމާއަތް ނެތް ނަމަވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި އީދު ނަމާދު ކުރި އެވެ. އަދި ވަރަަށް މަދު ރަށްތަކެއްގައި ހުސް މައިދާންތަކުގައި ވެސް އީދު ނަމާދު ކޮށްފައި ވެއެވެ.