ބޭރު ކުޅިވަރު

މެސީގެ ދެ ގޯލުން ބާސެލޯނާ އެއް ވަނަ އަށް

ލެވަންޓޭ ކޮޅަށް ލަޔޮނަލް މެސީ ޖެހި ދެ ގޯލާއެކު 4-1 އިން މޮޅުވެ، ބާސެލޯނާ ލީގުގެ އެއްވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ޗެމްޕިއަން ބާސެލޯނާ އަށް މި މެޗުގައި މެސީ ދެ ގޯލު ޖެހިއިރު އޭނާ އަތުން ވަނީ ޕެނަލްޓީ އެއް ވެސް ނާކާމިޔާބުވެފަ އެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހީ ފަހު ހާފު ފަށައިގެން ފަސް ވަނަ މިނިޓްގައި މާކް ބާޓްރާ އެވެ. ދެ ވަނަ ލަނޑު ޖެހީ ނޭމާ އެވެ. މި މެޗުގައި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އިނީ ބެންޗުގަ އެވެ. އެއީ އޭނާ އަށް ހާނިއްވެފައިވާތީ އެވެ.

މި މެޗުން މޮޅުވުމުން ބާސެލޯނާ އެއްވަނާގައިވަނީ ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ ރެއާލް މެޑްރިޑެވެ. ކަރީމް ބެންޒެމާ ޖެހި ގޯލުން ގްރަނާޑާ އަތުން މޮޅުވެ، ރެއާލް އަށް ވަނީ 10 ޕޮއިންޓް ހަމަކޮށްފަ އެވެ. އެތްލެޓިކޯ މެޑްރިޑް ރޭ އެއިބާ އަތުން މޮޅުވީ ފެނާންޑޯ ޓޮރޭޒް އާއި އެންހެލް ޖެހި ގޯލުންނެވެ.