ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ތައި މީހުން ގެންދާ ފަަހު ފްލައިޓު ފުރައިފި

May 25, 2020

ރާއްޖޭގައި ތިބި ތައިލެންޑުގެ 15 މީހަކު ގައުމަށް ފޮނުވާލައިފި އެވެ.

ތައިލެންޑު މީހުން އަނބުރާ ގައުމަށް ފޮނުވުމަށް މީގެ ކުރިން ވަނީ ތިން ފްްލައިޓެއް ބާއްވާފަ އެވެ. މިއަދު ފުރީ އެ ގައުމުގެ ރައްޔިތުން ގެންދާ އެންމެ ފަހު ފްލައިޓެވެ.

ރާއްޖޭގައި ހުންނަ ތައި ކޮންސިއުލޭޓުން ބުނީ މޯލްޑިވިއަންގެ ފްލައިޓުގައި ރާއްޖޭގައި ތިބި 15 މީހަކު މިއަދު ފުރާފައިވާ ކަމަށެވެ. އަދި ކޮލަމްބޯ މަގުން 63 މީހަކު ވެސް އެ ފްލައިޓުގައި ބެންކޮކަށް ދަތުރުކުރާނެ ކަމަށެވެ.

ރާއްޖޭގައި ތިބި ތައިލެންޑުގެ 349 މީހަކު އެނބުރި ގައުމަށް ގެން ދިޔައެވެ. އެ އެންމެން ވެސް ގެން ދިޔައީ މޯލްޑިވިއަންގެ ފްލައިޓުތަކުގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވާއިރު، ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ މީހުން އެނބުރި ގައުމަށް ފޮނުވަން ހާއްސަ ފްލައިޓުތައް ވަނީ ބާއްވާފަ އެވެ.