ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

10 ރަށެއްގެ 382 ކުދިންނަށް ކާނާ

ކޮވިޑް 19 އިގެ ސަބަބުން ރެޑް އެލާޓަށް ގެންގޮސްފައިވާ 10 ރަށެއްގެ 382 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އާކް އިން ކާބޯތަކެތި ފޯރު ކޮށްދީފި އެވެ.

އެ ޖަމިއްޔާއިން މިއަދު ބުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފައިވާ ކުޑަކުދިންނާއި އާއިލާތަކަށް އެހީތެރި ވެދޭން "އާކް އެއިޑް" ގެ ނަމުގައި ހާއްސަ ޕްްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.

އެހީ ފޯރުކޮށްދިން ރަށްރައް

  • މާލެ ސިޓީގެ 144 ކުޑަކުދިންނާއި އާއިލާ
  • ހދ. ކުޅުދުއްފުށީގައި 54 ކުދިންނާއި އާއިލާ
  • ށ. ނަރޫދޫގައި 14 ކުޑަކުދިންނާއި އާއިލާ
  • ހއ. ތަކަންދޫގައި ދެ ކުޑަކުދިންނާއި އާއިލާ
  • ހއ. އުލިގަމުގައި ނުވަ ކުޑަކުދިންނާއި އާއިލާ
  • ށ. މާއުނގޫދޫގައި 14 ކުޑަކުދިންނާއި އާއިލާ
  • ނ. މަނަދޫގައި 31 ކުޑަކުދިންނާއި އާއިލާ
  • ކ. ތުލުސްދޫގައި 33 ކުޑަކުދިންނާއި އާއިލާ
  • ކ. ހިންމަފުށީގައި 30 ކުޑަކުދިންނާއި އާއިލާ
  • ށ. މިލަންދޫގައި 55 ކުޑަކުދިންނާއި އާއިލާ

އާކް އެއިޑް ގާއިމް ކުރީ ކޮވިޑްގެ ސަބަބުން އަސަރު ކޮށްފައިވާ އާއިލާތަކަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ފޯރު ކޮށްދޭށެވެ. މި އެހީގައި 382 އަށްވުރެ ގިނަ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ކާބޯތަކެތި ދިނެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިން ހިމެނޭ އާއިލާތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތައް ވެސް ހިމެނެ އެވެ.

އާކް އެއިޑްގެ ދަށުން ހަމަޖައްސައިދޭ ކާބޯތަކެތީގެ ތެރޭގައި ހަނޑުލާއި ފުށާއި މުގާއި ކިރާއި މަސް ދަޅާއި ބިހުގެ އިތުރުން ބައެއް ބާތްތަކުގެ ތަރުކާރީ ދަޅު ހިމެނެ އެވެ.