ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަނީ

މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެ މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވެ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބޭއްވީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ބާއްވާ ޖަލްސާ އޮންނާނީ މަޖިލީހުގެ ތަޅުމުގަ އެވެ. ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު ޖަލްސާތައް ދެން ކުރިއަށް ދާނީ މަޖިލީހުގެ ތަޅުމުގަ އެވެ.

އެ ގޮތުން މަޖިލީހުގެ މެންބަރުން މާސްކް އަޅައިގެން ޖަލްސާގައި ބައިވެރިވާއިރު، މެންބަރުން ތަޅުމުގައި ތިއްބަވާއިރު ގައިދުރުކޮށް ތިބެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ވެސް މި ދަނޑިވަޅުގައި ކުރަމުން ދަނީ ހާލަތުގައި ގެންނަން ޖެހޭ ގާނޫނީ ބަދަލުތަކާއި ސަރުކާރަށް ލަފައެއް ދިނުމުގެ މަސައްކަތެވެ.

އެ މަސައްްކަތްތަކަށް މި އީދުގައި ބަންދުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، މަޖިލީހުން ވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ޗުއްޓީ ނުނަގާ ގޮތަށް ފުރަތަމަ ދައުރު ވެސް ދިގުކޮށްފަ އެވެ.