ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 10 މީހަކު ރަނގަޅު ވެއްޖެ އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިއަދު 10 މީހަކު ރަނގަޅުވެފައިވާ ކަމަށް ބުންޏެވެ. މި މީހުންނާއެކު ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 154 އަށް ވަނީ އަރާފައެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެވެފައިވަނީ 24 މީހުންނެވެ. ކޮއެ މީހުންގެ ތެރޭގައި ހިމެނެނީ އެއީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ ދެ މީހަކެވެ. މިއަދު ޕޮޒިޓިވްވި 24 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1395 އަށް އަރާފަ އެވެ.
މިވަގުތުވެސް އައިސޮލޭޝަންގައި 1178 މީހުން އެބަތިއްބެވެ. އަދި ކަރަންޓީންގައި 1676 މީހުން އެބަ ތިއްބެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެސް ވެފައެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ.
މީގެ އިތުރުން ކޮވިޑް ޖެހުމަށްފަހު ރަނގަޅުވީ ދުވަސްވީ އަންހެން ވަނީ މަރުވެފަ އެވެ. އެއީ ނ. މަނަދޫން ފުރަތަމަ ކޮވިޑް ޖެހުނު މީހާ އެވެ. އެމީހާ އެ ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.