ކޮރޯނާ ވައިރަސް އާ ގުޅިގެން ލީގް މެދުކަނޑާލިތާ ތިން މަސް ފަހުން އަންނަ މަހުގެ 11 ގައި ސެވިއްޔާގެ ދެ ޓީމުގެ މެޗުން ލަލީގާ ފަށަން ނިންމައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ އަންނަ މަހުގެ އަށް ވަނަ ދުވަހު ފެށިގެން ލަލީގާ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ލަލީގާއިން ފުރަތަމަ ރޭވީ 12 ވަނަ ދުވަހު ލީގް ފަށާ ގޮތަށެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލިތާ ތިން މަސް ފުރޭ ދުވަހެވެ.
ލަލީގާގެ ރައީސް ހާވިއޭ ޓެބަސް ވިދާޅުވީ އަލުން ލީގް ފަށާއިރު ފޯރި ގަދަ މެޗަކުން ލީގް ފަށަން ބޭނުންވާ ކަމަށެވެ. އެގޮތުން ނިންމީ ސެވިއްޔާ އެފްސީ އާއި އެ ޓީމުގެ އެންމެ ވާދަވެރި ކުލަބު ރެއާލް ބެޓިސްގެ މެޗެވެ.
މި އަންނަ މަހުގެ 12 ވަނަ ދުވަހު ކުޅޭ ބެޓިސް އާއި ސެވިއްޔާގެ މެޗު ކުޅޭނީ ސެއްވިޔާގެ ދަނޑު ރަމޯން ސަންޗޭޒް ޕިޒްހުއާން ސްޓޭޑިއަމްގަ އެވެ. މި ސީޒަންގައި މި ދެ ޓީމު ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ސެވިއްޔާ ކާމިޔާބު ކުރީ 2-1 ންނެވެ.
ލަލީގާގައިވެސް ސީޒަންގެ ބާކީ ހުރި ހުރިހާ މެޗެއް ކުޅޭނީ ސަޕޯޓަރުން ނުވައްދާ ސްޓޭޑިއަމް ހުހަށް ބާވައިގެނެވެ.