ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ މީހަކަށް ގޮވާލަން ދިޔަ އާއިލާއެއްގެ ތަޖުރިބާ

އާއިލާގެ މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތުމުން އެމީހާގެ ހާލު ބަލަން ހޮސްޕިޓަލަށް ޒިޔާރަތްކުރި އެ އާއިލާއަށް ނިސްބަތްވާ 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވިއްޖެ އެވެ.

އިންޑިއާގެ ވަނަސްތަލިޕުރަމް އަވަށުގެ އަލަމްޕަލީ އާއިލާގެ 15 މީހަކަށް ބަލި ޖެހިފައިވާއިރު މީގެ ތެރެއިން 42 އަހަރުގެ މަދޫސުދަން ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.

އެ އާއިލާގެ އެންމެން ތިބީ ގާންދީ ހޮސްޕިޓަލުގެ އެކި ވޯޑުތަކުގައި އެޑްމިޓް ކޮށްފަ އެވެ. ފަހުން މަދުސުދަންގެ ހާލު ބޮޑުވެގެން އައިސީޔޫ އަށް ބަދަލުކޮށް ފަރުވާ ދެނިކޮށް އޭނާ މަރުވީ އެވެ. މި މީހާ އަކީ ފުރަތަމަ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި އަދި މި މީހުން ހާލުބަލަން ދިޔަ ފިރިހެންމީހާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

މަދޫސުދަން ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު ވެސް އޭނާގެ ހާލު ސީރިއަސް އެވެ. އަދި އިތުރަށް ހާލު ބޮޑުވަމުން ގޮސް މޭ 1 ވަނަ ދުވަހު މަރުވީ އެވެ. ފުރަތަމަ އެ އާއިލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އޭނާގެ ކޮއްކޮ މިހާރު ވަނީ ރަނގަޅުވެފަ އެވެ. މުޅި އާއިލާގެ އެންމެންނަށް މި ބަލި ޖެހުނީ މި މީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން އެންމެން އޭނާގެ ހާލު ބަލަން ދިއުމުންކަން ވަނީ ޔަގީން ވެފަ އެވެ.

މަރުވި މީހާގެ އަންހެނުންނާއި އާއިލާގެ އެހެން މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވަނީ ވަރަށް ކުޑަކޮށެވެ. އެހެންވެ މޭ 16 ވަނަ ދުވަހު މި އެންމެން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

އަލަމްޕަލީ މަރުވި ވާހަކަ އޭނާގެ އަންހެނުންނަށް ފުރަތަމަ އޮތީ ސިއްރު ކޮށްފަ އެވެ. އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އެ މީހާގެ އަންހެނުން ކައިރީގައި ހޮސްޕިޓަލުން ދިޔައި ބުނަމުންނެވެ. ފިރިމީހާ މަރުވި ޚަބަރު ދިނީ މާ ފަހުންނެވެ.

މިކަމާ ރުޅިއައިސްގެން އަމަލްޕަތީގެ އަންހެނުން މަދާވީ ވަނީ އެ ސަރަހައްދުގެ މިނިސްޓަރު ކޭޓީ. ރަމަރާއޯ އަށް ޓުވީޓްގެ ޒަރިއްޔާއިން މެސެޖެއް ފޮނުވާފަ އެވެ. ފުރަތަމަ ދުވަހުން ފެށީގެން ފިރިމީހާގެ ސިއްހަތާ ގުޅޭ ގޮތުން ރަނގަޅު މައުލޫމާތު ހޮސްޕިޓަލުން ފޯރުކޮށް ނުދޭކަމަށް މާދަވީގެ ޓުވީޓްގައި ބުނެފައި ވެއެވެ.

"ފާއިތުވީ ހަފުތާއެއްހާ ދުވަހު އަހަރެން މިދަނީ ފިރިމީހާގެ ހާލަތު ބެލުމަށް ހޮސްޕިޓަލުގެ އޮފިޝަލުންނާއި ފުލުހުންނާ ގުޅަމުން. އެކަކުވެސް އެކަށީގެންވާ ގޮތަކަށް ޖަވާބެއް ނުދޭ. އަދިވެސް އޭނާއަށް ވީ ގޮތެއް ސާފެއް ނުވޭ. މަރުވިޔަސް އަންދާލުމުގެ ކުރިން އާއިލާގެ މީހުންގެ ހުއްދަ ހޯދަން ޖެހޭނެނު. އަދި ފޮޓޮޔާއި ވީޑިއޯއިން އަހަރެމެންނަށް އޭނާ މަރުވިކަމާއި އޭނާގެ ކަށިކަމާކެމީގެ ކަންތައް ކުރި ގޮތުގެ ހެކި ދައްކަން ޖެހޭނެނު،" މާދަވީ ބުންޏެވެ.

މަދޫސުދާން މަރުވިކަމާއި އޭނާ އަންދާލާފައިވާކަން އަދިވެސް އާއިލާއަކަށް ގަބޫލެއް ނުކުރެވެ އެވެ. ނަމަވެސް ގާންދީ ހޮސްޕިޓަލުން ބުނަނީ އެމީހުން ހުރިހާ ކަމެއް ވެސް ހުރިހާ ގަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ބުނެފައިވަނީ އާއިލާގެ މެމްބަރުންނަށް މަދުސުދަން މަރުވި ޚަބަރު ފުލުހުން ދިން ކަމަށާއި ނަމަވެސް އެކަކުވެސް އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް އެ އާއިލާއިން ނާންނަ ކަމަށެވެ. އެހެންވެ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންނާ ދޭތެރޭ ކަންތައް ކުރަން އޮންނަ ގޮތަށް ކަންތައް ކުރީ ކަމަށެވެ.