ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަންނަ މަހު 13 ގެ ނިޔަލަށް ބޭންކްތައް ހުޅުވާނީ ތިން ދުވަހު

May 28, 2020

އަންނަ މަހުގެ 13 ގެ ނިޔަލަށް ތިން ދުވަހުގެ ނިޔަލަށް ޒަރޫރީ ބޭނުން ތަކަށް ބޭންކްތައް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ބޭންކިން ހިދުމަތް ދިނުމަށް އެމްއެމްއޭ އާއި ބޭންކްތައް ހުޅުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު ފަހު 14:00 އަށް ކަމަށެވެ. ނަމަވެސް އެމްއެމްއޭއިން މި ދުވަސްތަކުގައި އާއްމުންނަށް ހިދުމަތް ނުލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ބަލި ފެތުރުން ހުއްޓުވުމަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން މިހާތަނަށް ބޭންކްތަކާއި އެމްއެމްއޭ ހުޅުވަމުން ގޮސްފައިވަނީ ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭނުން ތަކަށެވެ. ނަމަވެސް ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން އަށް ލުއި ތަކެއް ދީފަ އެވެ. މި ލުއިތަކާއެކު ބޭންކުތައް ހުޅުވުމަށް ވެސް ބަދަލު އަންނާނެ އެވެ.