ކޮވިޑް-19 އަށްފަހު ސީޝެލްސް އިން ފުރަތަމަ ހުޅުވާލާނީ ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ހާއްސަ ޓޫރިސްޓުންނަށް ކަމަށް ބުނެފި އެވެ.
ސީޝެލްސްގެ ގައުމީ ނިއުސް އެޖެންސީގެ ސައިޓުގައިވާ ގޮތުން ހާއްސަ ފިޔަވަޅުތަކާއެކު ފުރަތަމަ ހުޅުވާލާނީ ޕްރައިވެޓް ޖެޓްތަކުގައި އެ ގައުމަށްދާ ހާއްސަ ޓޫރިސްޓުންނަށެވެ.
ނޫސް ވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ސަރުކާރުގެ އިސް ވެރިޔަކު ވިދާޅުވީ ޓޫރިޒަމް ހުޅުވާލުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ހަދާފައިވާ ގައިޑްލައިން ތައްޔާރުކޮށް ފައިނަލް ކުރަމުން އަންނަ ކަމަށާއި އެ ގައުމަށްދާ ޓޫރިސްޓުން އެއާޕޯޓުން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ ކަމަށެވެ.
އެ ގައުމުން ޝެޑިއުލް ފްލައިޓްތައް ފެށަން ނިންމާފައިވަނީ ޖުލައި ނޫނީ އޯގަސްޓް މަހު އެވެ.
ސީޝެލްސްއަކީ 115 ރަށުގެ މައްޗަށް އެކުލެވޭ ގައުމެކެވެ. އަދި އެ ގައުމަކީ ރާއްޖެއާ އެއްގޮތް ބައެއް ސިފަތައް ހުރި ގައުމެކެވެ.
ގާތްގަނޑަކަށް ނުވަ ލައްކަ މީހުން ދިރިއުޅޭ ޝީޝެލްސްގައި 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އެ ހުރިހާ މީހުން ވެސް ވަނީ ބަލިން ރަނގަޅުވެފަ އެވެ.