ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ލަފައަކީ ގާނޫނު އަސާސީ އިސްލާހު ކުރުން

May 29, 2020

ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން ސުޕްރީމް ކޯޓުން އިސްތިޝާރީ ލަފައެއް ރައްޔިތުންގެ މަޖިލީހަށް ދީ އެ މަޖިލީހާ ހިއްސާކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ މި ލަފައަކީ ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި، ކައުންސިލަރުންގެ ދައުރު ހަމަވުމުން އަންނަ ގާނުނީ ހުސްކަން ފޫބައްދަން ގާނޫނު އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނޫ އަސާސީ އިސްލާހުކުރަން ދިން ލަފައެކެވެ.

މިއީ މިހާރު އޮތް ސުޕްރީމް ކޯޓުން މިފަދަ މައްސަލައެއްގައި ދިން ފުރަތަމަ އިސްތިޝާރީ ލަފާ އެވެ. ލަފާ ދީފަައި ވަނީ ފަސްފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމާމެދު ހިޔާލު ކަފިވެ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހން ފޮނުވީ މިދިއަ ބުދަ ދުވަހު އެވެ.

މި ލަފާގައި ބުނެފައި ވަނީ ކައުންސިލަރުންގެ ދައުރު ދަމަލާން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ގާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

އަދި މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް އެ އިސްލާހުގައި ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ވެސް ލާފައި ވެއެވެ.

ނަވާރަ ސޮފުހާގެ ލަފާގައި އެ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ކައުންސިލް އިންތިހާބު ބޭއްވެންދެން ޖޫން 3، 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގަ ތިބޭނެ ކަމަށް ބަޔާން ބަޔާންކޮށްގެން ނޫނީ އެޕްރީލް 4، 2020 ގައި ބާއްވަން އިލެކްޝަނުން ނިންމި ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުމުން އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށް ވެސް ބުނެފައި ވެއެވެ.