ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު 44 ކޭހާއެކު އަދަދު 1،591 އަށް

May 30, 2020

ރާއްޖެއިން އިތުރު 44 މީހަކު ކޮވިޑް-19 އަަށް ޕޮޒިޓިިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދުގެ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ 29 މީހުންގެ އިތުރުން އިންޑިއާ ދެ މީހެއް ކަމަށެވެ.

މި 44 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1،591 އަށް އަރާފަ އެވެ.

މިދިއަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނުމާ ގުޅިގެން، މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރުމަށްފަހު، އިއްޔެ އިން ފެށިގެން ލޮކްޑައުނަށް ލުއިތަކެއް ދޭން ނިންމާފައިވީ ނަމަވެސް، އަދިވެސް އެވަރެޖުކޮށް ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު މަދެއް ނުވެ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑްގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

އެންމެ ފަހުން މި ބަލީގައި މަރުވި ބިދޭސީ މީހާ ބައްޔަށް ޕޮޒިޓިވްވީކަން އެނގުނީ މަރުވި ފަހުންނެވެ. އޭނާ ފެނިފައިވަނީ ވެސް މަގުމައްޗަށް މަރުވެގެން ވެއްޓިފައި އޮއްވަ އެވެ.